
--
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމަށް ދައުވާ ނުކުރުނަށް ޕީޖީ އޮފީހުން ނިންމައިފި އެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުލުހުން ޝަމްނާޒް ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ޝަމްނާޒްއާއި އެކު އެނާގެ ކޮށްކޮ ހައްވާ ސަނާ ސަލީމް އާއި ހުސެއިން ސަމީރު ނަމަކަށް ކިޔާ މީހަކުވެސް ފުލުހުން ހައްޔަރުކުރި އެވެ.
20 ދުވަސް ބަންދުގައި ބޭތިއްބުމަށްފަހު ޝަމްނާޒްއާއި އޭނާގެ ކޮއްކޮ ފުލުހުންގެ ހައްޔަރުން ދޫކޮށްލީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ސިހުރު ހެދި ކަމަށްބުނާ ހުސެއިން ސަމީރު ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 1 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޝަމްނާޒްއާއި ދެން އެމައްސަލާގައި ހައްޔަރުރި އިތުރު ދެމީހުންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ތަހުގީގު ނިންމައި ޕީޖީއަށް މައްސަލަ ހުށަހެޅި ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެދެބޭފުޅުންނަކީވެސް ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުންނެވެ.
ގުޅުންހުރި

އިންޒާރު ދިންކަމަށް މާނަކުރެވޭފަދަ އިބާރާތެއް ރައީސް ބޭނުމެއް ނުކުރައްވާ, ދައުވާ ނުކުރަން - ޕީޖީ އޮފީސް

ބަންދު ފޯރަމް މިފަހަރު ޖުޑީޝަރީއަށް!

އަދީބުއާއި އޭނާގެ ބައިވެރިންނާއި އެކު ދައުލަތުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް!
