
ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤަމުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ
# ރާއްޖެ - ޕާކިސްތާން# ރައީސް މުއިއްޒު--
ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އާޝިފް ޢަލީ ޒަރުދާރީއަށާއ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުންނާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް އަޚްވަންތަ ގުޅުން ފާހަގަކުރައްވައި، އިޖްތިމާއީ އަދި އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި ޕާކިސްތާނަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީސްމީޑިއާގައިވެސް މެސެޖެއް ޕޯސްޓް ކުރައްވާފައެވެ.
ގުޅުންހުރި

ނާވައިދޫ ކައިރީގައި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފައްޗެއް އަޅުއްވައިދެއްވުމަށް ރައީސްގެ އަރިހުން އެދެފި

އަމާޒަކީ ހުރިހާ ހިދުމަތްތަކާއިއެކު ހަނިމާދޫ އެއާޕޯޓު އަންނަ ނޮވެމްބަރަށް ހުޅުވުން - ރައީސް

ރަށު ފަތުރުވެރިކަމަށް ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދެފި
