logoEN
cocacola
ނައިބު ރައީސް އިރާނަށާއި ފްރާންސަށް ކުރި ދަތުރަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ - ރައީސް އޮފީސް

ނައިބު ރައީސް އިރާނަށާއި ފްރާންސަށް ކުރި ދަތުރަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ - ރައީސް އޮފީސް

އަހުމަދު ޝުރާއު

logo

8/14/2024, 8:13:08 AM

# ރައީސް އޮފީސް# ނައިބު ރައީސް ހުސެއިން

--

ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފު ދާދި ފަހުން އީރާނާއި ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ގޮސިޔާ

ރައީސް އޮފީހުން އިއްޔެ ބުނީ ނައިބު ރައީސްގެ މި ދެތަރުފުޅުަށް ޖުމުލަ ހަރުދުވީ 1.8 މިލިއަން ރުފިޔާ ކަމަށެވެ. ނައިބު ރައީސް ހުސެއިން ޖުލައި 24 އިން 29 ވަނަ ދުވަހަށް ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅަކީ އޮލިމްޕިކްސް ކުޅިވަރު މުބަރާތް ހުޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި 29 ޖުލައި އިން 31 ވަނަ ދުވަހަށް އިރާނަށް ކުރެއްވި ދަތުރުފުޅަކީ އީރާނުގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުތަކުހެ ތެރެއިން ފްރާންސާސް ކުރެއްވި ދަތުރަށް 1.3 މިލިއަން ރުފިޔާ ހަރަދުވި އެވެ. އަދި އިރާނަށް ކުރެއްވި ދަތުރުފުޅަށް 464،617.43 ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ފްރާންސަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ އެގައުމުގެ އޮތް އޮލިމްޕިކްސްގައި ބައިވެރިވި ދިވެހި އެތްލީޓުންނާއި ބައްދަލުކުރައްވައި ޚާއްސަ ފަރިއްކޮޅެއް ދެއްވާފައި އެވެ. އަދި އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އިރާން ދަތުރުގައި ނައިބުރައީސް ވަނީ އިރާނާއި ރާއްޖެ ގުޅިގެން ކުރެވިދަނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ފަލަސްތީނުގެ މައްސަލައަށް ބައިނަލްއަގުވާމީ މުޖުތަމައުން ހައްލެއް ހޯދެންދެން ވަކާލާތުކުރުމަށް ބާރުއަޅައި ހަމަލާތައް ވަގުތުން ހުއްޓާލުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ