ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވީ ނައިބު ރައީސް!
# ނައިބު ރައީސް ހުސެއިން--
ޗައިނާގެ ކުންމިންގައި ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން ނިންމުނުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.
މި ހަރަކާތުގައި، ބާބޭޑޮސްގެ ސެނެޓުގެ ރައީސް އޮނޮރަބަލް ރެޖިނަލްޑް ފާލީ އާއި ސިޑްކާގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި އައި.އޯ.ސޯ-އެފްރިކާގެ ޗެއާމަން ކުއޮއާޑިއޯ އަފިއާން އަދި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ މިނިސްޓަރުގެ ނައިބު، ސުން ޝޫޝިއާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިންމުމުގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ޗެއާމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ގުޅުންހުރި

ނައިބު ރައީސް ނޫސްވެރިންނަށް: ސައްހަ ނޫން މައުލޫމާތު ރިޕޯޓުކުރުމުން ގެއްލޭނީ ރައްޔިތުން ނޫސްވެރިންނަށް ކުރާ އިތުބާރު، ޒިންމާދާރުވޭ!

އިންޓަރނަލް އޮޑިޓަރުންގެ ޒިންމާ އަދާކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން - ނައިބު ރައީސް

މޯލްޑިވްސް ރިޒޯޓު ވޮލީ ލީގުގެ ނޯތު މާލެ ލީގް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ނައިބު ރައީސް!




