logoEN
cocacola
ތިމާވެއްޓާ ރައްޓެހި ޝިފާ މިސް - ތިނަދޫއަށް ޚިދުމަތްތެރި ނަމޫނާ ދަރިއެއް!

ތިމާވެއްޓާ ރައްޓެހި ޝިފާ މިސް - ތިނަދޫއަށް ޚިދުމަތްތެރި ނަމޫނާ ދަރިއެއް!

# ގާފު ޚިދުމަތްތެރިން# މުދައްރިސުން# ތިމާވެށި# މީހުން

Shifa_Miss_feature_og

ހުވަދު އަތޮޅު ދެކުނުބުރީގެ ވެރިކަންކުރާ ގދ. ތިނަދޫއަކީ އެކި ދާއިރާތަކުގެ ފަންނީ ބޭބޭފުޅުންގެ މިންނެތް މަސައްކަތުން ދޮންވެ ފައްކާވަމުން އަންނަ ތަރައްގީގެ ހަބެކެވެ. އެރަށަކީ ޒަމާނުއްސުރެ ކުޅިވަރަށް ލޯބިކުރާ، ތަޢުލީމީ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެކި ދާއިރާތަކުން ތަޢުލީމް އުނގެނިގެން ތިބި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ޤައުމީ ޚިދުމަތުގައި ދެމިތިބި ދަރިންތަކެއްގެ އުފަން ބިމެވެ. ތަޢުލީމީ ގޮތުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަނަތައް ޙާސިލްކޮށްފައިވާ ދަރިވަރުންތަކެއް ބިނާކޮށްފައިވާ ބިމެކެވެ.

ގޮސިޔާ

"ގާފު ޚިދުމަތްތެރިން" ސެގްމެންޓުގައި ފުރަތަމަ މި ގެނެސްދެނީ ގދ. ތިނަދޫއަށް އުފަން، އެރަށަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ އަދި މިހާރުވެސް ޚިދުމަތްކުރައްވަމުންގެންދާ މުދައްރިސް، ޝިފާ މުޙައްމަދު އެވެ. އެންމެންގެ "ޝިފާ މިސް"ގެ ޕްރޮފައިލެވެ.

ޅަފަތުގެ ދުވަސްވަރާއި ފުރާވަރުގެ ދުވަސްތައް ޝިފާ ހޭދަކުރީ މާލޭގައެވެ. ޝިފާގެ ތައުލީމީ ޙަޔާތުގެ ބިންގާ އެޅުނީ އަމީނިއްޔާ ސްކޫލުގައި ކަމަށްވާއިރު ސްކޫލް ދައުރުގެ ތަޢުލީމީ ޙަޔާތަށްފަހު މަތީ ތައުލީމް ޙާސިލްކުރީ ކިޔަވައިދިނުމުގެ ރޮނގުންނެވެ. އެގޮތުން ޓީޗިން ޑިޕްލޮމާ ޙާސިލްކުރުމަށްފަހު ޝިފާ ތިނަދޫއަށް ޚިދުމަތް ކުރަން ފެށީ މީގެ 20 އަހަރު ކުރިން 2000 ވަނަ އަހަރު އެވެ.

undefined

މުދައްރިސްކަމުގެ ޑިޕްލޮމާއާއެކު ޝިފާމިސްގެ ކެރިއަރ ފެށީ ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. އޭއީސީ)ގައެވެ. އޭރު ކިޔަވައިދެއްވީ އެ ސްކޫލުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށެވެ. މުދައްރިސްކަމުގެ ފުރަތަމަ ފިޔަވަޅުވެސް އެޅީ ސައިންސް އަދި އިނގިރޭސި މާއްދާ އުނގަންނައިދެމުންނެވެ.

"އޭރު ތަންކޮޅެއް މަދުވާނެ ގދ. އޭއީސީގަ ޑިޕްލޮމާ ހަދާފަ ތިިބި ޓީޗަރުން، 2000 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ގދ. އޭއީސީގަ މަސަައްކަތްކުރުމަށްފަހު 2012 ވަނަ އަހަރު ތިނަދޫ އުތުރު ފަރާތުގައި އަލަށް އެޅި ޕްރައިމަރީ ސްކޫލު ހުޅުވުމާ ގުޅިގެން ހުރިހާ ޕްރައިމަރީ ޓީޗަރުން ބަދަލު ކުރީ އެ ސްކޫލަށް. އަޅުގަނޑު މިހާރު މި ކިޔަވައިދެނީ ތިނަދޫ ސްކޫލުގަ،"

ޝިފާ މިސް މިހާރު ކިޔަވައިދެއްވަނީ ތިނަދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ޝިފާ މިސްގެ ހިތުގައި ދަރިވަރުންނަށް ޚާއްސަ ލޯތްބެއް އޮވެއެވެ. މުދައްރިސުންނަކީ ދެވަނަ މައިންނޭ ބުނާ ފަދައިން ޝިފާ މިސް އަކީ އެކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ. 21 ވަނަ އަހަރު ޚިދުމަތުގައި ހޭދަކުރަމުންދާއިރުވެސް ޝިފާ މިސް، ޝިފާ މިސްގެ ދަރިވަރުންނަށް ހުންނަ ކުލުނާއި ލޯބި އަބަދުވެސް ދަނީ ފެންނަމުންނެވެ. އެއީ އެއްވެސް ދަރިވަރަކާމެދު ތަފާތުކުރުމެއް ނުގެންގުޅޭ ހުރިހާ ކުދިންނާވެސް ގުޅޭ ރަޙުމަތްތެރި މުދައްރިސެކެވެ.

undefined

"ކުޑައިރުން ފެށިގެން އުޅެން ޖެހުނީ މާލޭގަ. އެކަމަކު މަންމަމެން އުޅެނީ ތިނަދޫގަ. އެހެންވެ އަބަދުވެސް ތިނަދޫއަށް އަންނަން ޗުއްޓީއެއް ލިބުނަސް ފުރުސަތެއް ލިބިއްޖެއްޔާ މިސް ވަރަށް އުފާވޭ. ތިނަދޫ ފަސްގަނޑުގަ ފައި ޖެހުނީމަވެސް މިސްގެ ހިތަށް ފިނިކަމެއް ލިބިގެންދޭ. ކުޑައިރުވެސް އަބަދުވެސް ހިތުގަ އޮވޭ، ތިނަދޫއަށް ޚިދުމަތް ކޮށްދޭން، ރަށަށް ޚިދުމަތްކޮށްދޭންނޭ އަންނާނީ،"

ޝިފާ މިސްއަކީ މުދައްރިސެއްގެ އިތުރުން ސްކައުޓް ލީޑަރެއްވެސްމެއެވެ. ޑިޕްލޮމާ އުނގެނުނު އިރު ސްކައުޓް ލީޑަރެއްގެ ތަމްރީން ވަނީ ލިބިފައެވެ. އެއާއެކު މުދައްރިސްކަމުގެ ޙަޔާތް ފެއްޓި އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ޝިފާ މިސް ހުރީ ސްކައުޓް ލީޑަރެއްގެ ގޮތުގައެވެ. ޝިފާމިސްގެ ލީޑަރުކަމުގެ ދަށުން ތިނަދޫއިން އެތައް ސްކައުޓުންނެއް ތަމްރީންކޮށްދީފިއެވެ.

undefined

"ތިނަދޫގެ 3 ސްކޫލުގެ އިތުރަށް މި އަތޮޅުގެ ބައެއް ސްކޫލުތަކަށާއި މާލޭގެ ބައެއް ސްކޫލްތަކަށްވެސް މިސްގެ ޚިދުމަތް ލިބިފަ ހުންނާނެ ސްކައުޓް ލީޑަރެއްގެ ޙައިސިއްޔަތުން. އަދި އޭގެ އިތުރަށް މިސް އަކީ ލީޑިން ޓީޗަރ އެއްވީމަ ހުންނާނެ އެކި އެކި ކްލަބްތަކާ ޙަވާލުކޮށްފަ. އެގޮތުން މިސްއާ ވަރަށް ގިނައިން ޙަވާލުވާނެ ނޭޗަރ ކްލަބާ. މިސް އަކީ ވަރަށް ނޭޗަރ ފްރެންޑްލީކޮށް އުޅޭ ޓީޗަރ އެއް ވީމަ،"

މުދައްރިސްކަމުގެ އިތުރުން ޝިފާ މިސް އަކީ ގަސްގަހާގެއްސަށްވެސް ލޯބިކުރާ ތިމާވެއްޓާ ރައްޓެހި މީހެކެވެ. ސާނަވީ ތަޢުލީމް ހާސިލްކުރީ ސައިންސްގެ ރޮނގުން ކަމަށްވުމުން، ކުޑައިރުއްސުރެވެސް ތިމާވެއްޓަށް ޚާއްސަ ލޯތްބެއް ހިތުތެރޭ އުފެދިފައި އޮވެއެވެ. ޝިފާ މިސްގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ބަލައިލުމުންވެސް އެކަން ސާފުވެގެންދާނެ އެވެ. ކޮންމެވެސް ފަތަކުން ނުވަތަ މަލަކުން ސައި ހަދާފައި ހުންނަ މަންޒަރު ފެންނަ ފޮޓޯތައް މަދެއް ނުވާނެއެވެ.

undefined

"ވަރަށް ކުޑައިރުއްސުރެ ކިޔަވަން ބޭނުންވި އެއްޗެއް ބޮޓެނީ (ގަސްގަހާގެހީގެ ޢިލްމު) އަކީ. ބޮޓެނީ ނުކިޔެވުނު ކަމަށްވީ ނަމަވެސް ހިތަށް އެރީ ޓީޗަރއަކަށް ވީމަ ވަރަށް ގިނަ ދާއިރާތަކަށޭ ހުޅުވިގެން އެދިޔައީ. އެހެންވީމަ ގަސްތަކާއި ގަސްތައް ޙިމާޔަތްކުރުމާއި ގަސްތަކުގެ މަޢުލޫމާތު އެއްކުރުމާއި އެހެން މީހުންނަށް އޭގެ މައުލޫމާތު ކިޔައިދިނުން މިއީ ވަރަށް ގިނައިން ކުރާ ކަމެއް،"

ގަސްގަހާގެއްސަށް ހުންނަ ލޯބި ޝިފާ މިސްގެ ބަގީޗާއިން ވަރަށް ސާފުކޮށް ފެނިގެންދާނެ އެވެ. މާ ގަސްތަކާއި ފަތްޕިލާވެލީގެ ބާވަތްތަކުން އެ ބަގީޗާ ވަނީ ފުރާލާފައެވެ. މާ ގަސްތަކާއި އެ ބާވަތުގެ ގަސްތައް ވަކި ސަރަހައްދެއްގައި ހައްދާފައި ހުންނަ އިރު، ފަތްޕިލާވެލީގެ ގަސްތައް ވަކި ސަރަހައްދެއްގައި ހައްދާފައި ހުރެއެވެ. ޝިފާ މިސް އެ ބަގީޗާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައެވެ. އެގޮތުން ސިއްޙަތަށް ފައިދާ ހުންނަ ބިއުޓީ ޕްރޮޑަކްޓްސްތަކާއި ބުއިންތައް އުފައްދައި ބޭނުންކުރެއެވެ.

undefined

"މިސް ބޮޓަނީއަށް ޝައުގުވެރިވާތީ ވަރަށް ގިނަ ގަސްތަކާ ބެހޭ މައުލޫމާތު ހޯދަން. ދެން ޚާއްސަކޮށް ޝައުގުވެރިވާ ދާއިރާއެއް އެއީ ހާބަލް ގަސްތަކަކީ. ޚާއްސަކޮށް ބޭސްވެރިކަމަށް ބޭނުންކުރެވޭ ގަސްތައް އެއީ ވަކި ދާއިރާއެއް. މާމެލާމެލި އެއީ ވަކި ދާއިރާއެއް. އޭގެ އިތުރަށް މޭވާ ލިބޭ ގަސްތައް އެއީ ވަކި ދާއިރާއެއް. މިސް މެން ގޭގަ ގާޑެންގަ ހުންނާނެ ހާބަލް ގަސްތަކަށް ޚާއްސަ ބައިތަކެއް. މިސްއަކީ ވަރަށް ހާބަލް ޓީ ފަދަ އެއްޗެހި ހަދާ މީހެއް. ގަސްތައްވެސް އެކި އެކި ވެރައިޓީސްތައް ގެންގުޅެން،"

ޝިފާ މިސްގެ ބަގީޗާ އަކީ ހަމައެކަނި ގޭގެ ޒީނަތްތެރިކަން ފުރިހަމަ ކުރުމަށްޓަކައި ފައްކާ ކުރަމުން އަންނަ ތަނެއްވެސް ނޫނެވެ. ގެއަށް އަންނަ މެހެމާނުންނަށްވެސް ޝިފާމިސްގެ ބަގީޗާގެ މުޙިއްމުކަން ރަނގަޅަށް ފަހުމްވާނެ ފަދައިން ޝިފާ މިސް ކިޔައިދީ ހަދައެވެ. މުދައްރިސެއް ކަމުން ގާތް ރަޙުމަތްތެރިންނާއި އަވަށްޓެރިންނަށްވެސް ބަގީޗާގައި ހުރި ގަސްތަކާ ގުޅޭ ފިލާވަޅު ދީ ހަދައެވެ. އެކަމަކީ އަމިއްލައަށް ކުރާ ހިތުން، އުފަލުން ކުރާ ކަމެކެވެ.

undefined

"މިސް ވަރަށް ކުރާ ހިތްވާ ކަމެއް. ހާބަލް ޕްރޮޑަކްޓްސް ނުވަތަ ފަތްޕިލާވެލީގެ ފައިދާތައް މީހުންނަށް އެނގިގެން ދިއުން. ވަރަށް ގިނަ މީހުން ގަސް އިންދާފަ ހުރޭ. އެކަމަކު އެގަސްތަކުގެ ފައިދާއެއް ނުއެއް އެނގޭ. ވަރަށް ގިނަ މާމެލާމެލި ގެންގުޅޭ. އެކަމަކު އޭގެ އެއްވެސް އެއްޗެއްގެ ފައިދާއެއް ނޭނގޭ. އެހެންވެ މިސް އަދިވެސް ހިތައް އަރަނީ އޭގެ އެވެއަރނެސް ޕްރޮގްރާމްތައް ނޭޗަރ ކްލަބްތައް މެދުވެރިކޮށްވެސް ހިންގިއްޖެއްޔާ ވަރަށް ރަނގަޅުވާނެއޭ،"

undefined

ފާއިތުވި 20 އަހަރު ދުވަހު މެދުކެނޑުމެއްނެތި ތިނަދޫގެ ޖީލުތަކަށް ޝިފާ މިސް ދީފައިވާ ތަރުބިއްޔަތާއި ތަޢުލީމަކީ އަގު ނުކުރެވޭނެ ފަދަ މުޙިއްމު އަދި ބޭނުންތެރި ޚިދުމަތްތަކެކެވެ. އެ ޚިދުމަތަކަކީ މުޅި ތިނަދޫ ފަޚުރުވެރިވާ ޚިދުމަތްތަކެކެވެ. އެ ޚިދުމަތްތަކަކީ ކުރިއަށް އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ޚިދުމަތްތަކެކެވެ.

"ވަރަށް އުފާވޭ މިސް ކިޔަވަދީފަ ތިބި ކުދިން މިއަދު އެކުދިންގެ ދިރިއުޅުމުގެ ކާމިޔާބު މީހުންގެ ގޮތުގައި ފެންނަމުންދާތީ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފަ ތިބިތަން ފެނުނީމަ ވަރަށް އުފާވޭ. ބައެއް ކުދިން ޑޮކްޓަރުންނަށް ވެފަ އެބަތިބި. ޕައިލެޓުން އެބަތިބި. ސަރުކާރުގެ މަގާމުތަކުގަ އުޅޭތަން ފެނުނީމަ ވަރަށް އުފާވޭ"

"ގާފު" އަށް ޝިފާ މިސް ދެއްވި އިންޓަވިއު ނިންމައިލީ މިހާރު ކިޔަވައިދެމުންދާ ދަރިވަރުންނަށް ޚާއްސަ މެސެޖެއް ރައްދުކޮށްލަމުންނެވެ. ޝިފާ މިސްގެ އެދުމަކީ ހުރިހާ ދަރިވަރުންވެސް ދިރިއުޅުމަށް ތައްޔާރުވުމެވެ.

"ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖަކީ އުނގެނޭނީ ހަމައެކަނި ފޮތަކުންނެއް ނޫނޭ. ދިރިއުޅުމަށް ތައްުޔާރުވާށޭ. ދިރިއުޅުމަށް ތައްޔާރުކުރާ ކުދިންތައް މިހާރުގެ އާ ކަރިކިއުލަމްގަ މި އޮންނަނީވެސް. އެހެންވީމަ ހަމައެކަނި ފޮތުން ފުލީ އެޗީވްޑް ހޯދުމެއް ނޫނޭ. ދިރިއުޅުމަށް ބައިވަރު ކަންތައްތަކެއް ދަސްކުރެވޭނެ. އެހެންވީމަ އެ ދަސްކުރުމަށްޓަކައި ޓީޗަރުންވެސް ވަރަށް މަސައްކަތް އެބަކުރޭ. ފޮތުން ދަސްކުރާ ކަންތައްތައް ހޯދާ ބަލަންވީ އަމަލީ ގޮތުން ބަލައި ތަޖުރިބާކުރަންވީ"

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ