logoEN
cocacola
މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރި ލޯންޗެއް އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރި ލޯންޗެއް އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އަހުމަދު ޝުރާއު

logo

8/11/2024, 3:09:47 PM

# ދިވެހި ސިފައިން

ސިފައިންގެ ކޯސްޓްގާޑު އުޅަނދު " ނޫރައްދީން " - ގާފު ފޮޓޯ | އަހުމަދު ޝުރާއު

މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރި ލޯންޗެއް އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ގޮސިޔާ

ސިފައިން މިއަދު ބުނީ މާލޭއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ލޯންޗެއް ކ.ހިންމަފުށީގެ ހުޅަނގުއުތުރުން 9 ނޯޓިކަލްމޭލު ބޭރުން އިންޖީނު ހުއްޓިގެން، ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެ ލޯންޗުގައި ތިބި 16 މީހަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 13:40 ހާއިރު މާލެ ގެނެސްދީފައިވާ ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.

View post on Twitter

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނު ހުއްޓުވީ މާލެއާއި ޅ އަތޮޅާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.

މިފަދަ ހާދިސާއެއް ހިނގި އިރު މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ