logoEN
WAMCO TOP 1
ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ބަދަލު ގެނެސްފި

ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ބަދަލު ގެނެސްފި

އަހުމަދު ޝުރާއު

logo

8/11/2024, 2:47:16 PM

# ޕްރައިވަޓައިޒޭޝަން ބޯޑު

--

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ބޯޑުތަކަށް ބަދަލު ގެނެސްފި އެވެ.

THE TRAVELLER AD

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ގަވާނިންގ ބޯޑުތަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލު ގެނެސް އެކަން އެކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ ބޯޑު ޗެއާޕާސަން އާއި މެމްބަރުން ވަކިކޮށް އަދި ބައެއް ކުންފުނިތަކަށް މެމްބަރުން އައްޔަނުވެސް ކޮށްފައިވާކަން އިއުލާނުގައި ބުނެފައި ވެއެވެ.

ބަދަލުތައް ގެނައި ކުންފުނިތަކަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް(އެޗްޑީއެފްސީ) , މޯލްޑިވްސް ޕޯސްޓް ލިމިޓެޑް , އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް, ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް(ބީސީސީ) , ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް, ފެނަކަ ކޯޕަރޭޝަން ލިމިޓެޑް , ޕޮލިސް ވެލްފެއާ ކޯޕަރޭޝަން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް, ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް އެވެ.

އެގޮތުން އެޗްޑީއެފްސީގެ ބޯޑުން މުޙައްމަދު ރަޝީދާއި، ހާމިދު ޞާދިގު ވަނީ ވަކިކޮށްފައެވެ. އަދި އެ ބޯޑަށް އަލަށް އައްޔަންކުރި މެމްބަރަކީ ޒިދުނާ އިބްރާހިމެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއާޕާސަން ކަމުން ، މުޙައްމަދު އަބްދުﷲ ވަކިކުރިއިރު މުޙައްމަދު ނާޝިދުވަނީ މެމްބަރުކަމުން ވަކިކޮށްފައެވެ. އަދި ހައްވާ ސަފްނާ ވަނީ އަލަށް އެ ކުންފުނީގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައެވެ.

އަދި އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ތިން މެމްބަރުންކަމަށްވާ ޝާތިފް އަލީއާއި،ޝަޒުރާ ޒާކިރާއި ހުސައިން މުޙައްމަދު ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)ގެ ބޯޑުން ލަމްޔާ އިބްރާހިމް އާއި އަހުމަދު އިފްތިހާރު ވަނީ ވަކިކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުން ނަޖީލް އަހުމަދު ވެސް ވަނީ ވަކިކޮށްފައެވެ.

ފެނަކަ ބޯޑުގެ ޗެއާޕާސަން އަހުމަދު ޝަހީރު، ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެ ކުންފުނީގެ އެގްޒެކްޓިވް މެމްބަރު އިބްރާހިމް ނާއިފް އާއި މެމްބަރު ކަމުން އަހުމަދު އިހާބްވެސް ވަނީ ވަކިކޮށްފައެވެ.

ހަމައެއާއެކު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއާޕާސަން ޝުހާދު އިބްރާހިމް މަގާމުން ވަކިކޮށް، ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ބޯޑުން އަލީ ނަދީމު އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުން ނާހިޔާ މުހައްމަދު ވަނީ ވަކިކޮށްފައެވެ.

ވެމްބޯގެ ބޯޑުން ވަކި ކުރި މެމްބަރުންނަކީ އަލީ ނަބީލް އާއި މުހައްމަދު މުސްތަފާގެ އިތުރުން އަލީ އިކްރާމް އެވެ. އަލީ އިކްރާމް އަކީ މީގެ ކުރިން ވެމްކޯގެ ޑީއެމްޑީކަން ކުރެއްވި ބޭފުޅެކެވެ.

ޕީސީބީއިން އަންނަނީ ރައީސް މުއިއްޒުގެ ސަރުކާރާއި އެކު ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީގެ އިތުރުން ކުންފުނިތަކުގެ ބޯޑުތަކަށް ވެސް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC