logoEN
cocacola
ހުޅުމާލޭގެ ރެސްޓޯރަންޓެއްގައި އަލިފާނުގެ ހާދިސާއެއް!

ހުޅުމާލޭގެ ރެސްޓޯރަންޓެއްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

8/11/2024, 9:24:30 AM

# ދިވެހި ސިފައިން

--

ހުޅުމާލޭ މެލްޓްޒް ރެސްޓޯރަންޓުގައި، ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

ގޮސިޔާ

ސިފައިން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 10:26 ހާއިރު މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ރެސްޓޯރަންޓު ބަދިގޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 11:02 ހާއިރުއެވެ.

މި ހާދިސާގައި ރެސްޓޯރަންޓުގެ ބަދިގޭގައި ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނުތަކަށް ވަނީ ގެއްލުންވެފައިވީ ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައިވާ ނުވާކަމަށް ސިފައިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ