logoEN
cocacola
ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލަށް ޒިޔާރާތްކުރައްވަނީ

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލަށް ޒިޔާރާތްކުރައްވަނީ

އަހުމަދު ޝުރާއު

logo

8/11/2024, 5:16:16 AM

# މާލެ ސިޓީ ކައުންސިލް

--

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ގޮސިޔާ

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކަށް މާލޭ ސިޓީ ކައުންސިލްއާ ބައްދަލުކުރެއްވުމަށް، އެމަނިކުފާނު މިއަދު މާލޭ ސިޓީ ކައުންސިލަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި މިއީ ރާއްޖޭގެ އެހެން ކައުންސިލްތަކާވެސް ބައްދަލުކުރައްވައި، އެ ކައުންސިލްތަކުގެ އަޑު އައްސަވާ ފަދައިން މާލޭ ސިޓީ ކައުންސިލްގެ އަޑު އެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޒިޔާރަތެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މާލެ ސިޓީ ކައުންސިލަށް ވަޑައިގަންނަވާނީ މިއަދު 11:00 ގައި އެވެ.

ރައީސް މުއިއްޒު ރައީސުލްޖުމްހުރިއްޔާ ކަމަށް އިންތިހާބުވުމުގެ ކުރިން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި އެވެ. އެގޮތުން މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރުގައި ގިނައިން ތިއްބެވީ ރައީސް މުއިއްޒު އާއި އެކު އޭރު ކައުންސިލްގައި ތިއްބެވި ބޭފުޅުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ