
ބަންގްލަދޭޝް އިންތިގާލީ ސަރުކާރުގެ ވެރިޔަކަށް ޔޫނުސް އައްޔަންކޮށްފި
# ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރު# ބަންގްލަދޭޝް-
ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް މިއަދު ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމުގެ ހުވާ ކުރައްވައިފި އެވެ.

އުމުރުން 84 އަހަރުގެ ޔޫނުސް, ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ވެރިޔާ ކަމުގެ ހުވާ ކުރެއްވީ މިރޭ ޑާކާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބަންގްލަދޭޝްގައި އިންތިގާލީ ސަރުކާރެއް އެކުލަވައިލަން ނިންމީ, ދަރިވަރުން އިސްނަގައިގެން އެތައްދުވަހެއް ވަންދެން ކުރި މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވައި އަވަށްޓެރި އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަތުމުންނެވެ.
ހުވާކުރެއްވުމަށްފަހު ޔޫނުސް ވިދާޅުވީ އޭނާ އާ ހަވާލު ކުރެއްވި މަގާމުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާކޮށް ގާނޫނު އަސާސީ ހިމާޔަތްކޮށް ދަމަހައްޓާނެ ކަމަށެވެ.
ޔޫނުސް މިހާރު ކުރަން ޖެހޭ މުހިންމު މަސައްކަތްތަކަކީ ބަންގްލަދޭޝްގެ ހަމަޖެހުން ގާއިމުކޮށް އާ އިންތިހާބަކަށް ތައްޔާރުވުމެވެ.
ގުޅުންހުރި

ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގު ނުކުރެވޭ ދައުރެއް : ރައީސް

ބަންގްލަދޭޝްގެ ނިންމުން ބަދަލުކުރުމާއެކު އޮންއެރައިވަލް ވިސާ ލިބޭ ގޮތް ހަދައިފި

ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސަމާލުކަމަށް އައިސްފި، އިސްކުރާނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު - އިންޑިއާ

.gif&w=3840&q=75)



