-1723098094377.webp&w=3840&q=75)
--
ހއ. އުލިގަމު ފުޓްބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނީ އުލިގަމު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކޮށް ނިންމުމަށްފަހު ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.
އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
އޯޓެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 4،974،765.71 (ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ އެއްލާރި) އެވެ.
މި މަސައްކަތް އޯޓެކްސް އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.
ގުޅުންހުރި

އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އަޅަނީ

އުލިގަން ބަނދަރު މަޝްރޫއުއަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓު އެރަށަށް!

އުތުރު މެރިޓައިމް ސާވިސް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި
