logoEN
cocacola
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ޗައިނާއާއި އެކު އެއްބަވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ޗައިނާއާއި އެކު އެއްބަވުމެއްގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/7/2024, 7:38:53 AM

# ހެލްތު މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެގޮތުން މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަނާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

މިއެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު ހަމްދާން ނާޞިރެވެ. ސިޗުއާން ޕްރޮވިންސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް މރ. ޒޫ ބިން އެވެ.

މިއެއްބަސްވުމުގެ ދަށުން ޑޮކްޓަރުން ނާއި ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރެވިގެންދާނެއެވެ. އަދި ޓެލެމެޑިސިންގެ ޚިދުމަތްތައް ފުޅާކުރުމާއި، އިމަޖެންސީ މެޑިކަލްގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ އިތުރުން ޗައިނާއިން ބޭނުންވާ މެޑިކަލް އިކުއިޕްމަންޓުތައް ވެސް ހޯދޭނެ އެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ސިޗުއާން ޕްރޮވިންސްއާ ގުޅިގެން މިއަދު ބޭއްވުނު "ސިޗުއާން މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޯޕަރޭޝަން ކޮންފަރެންސް" ގެ ތެރެއިންނެވެ. މިކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުالله ޚަލީލްގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ކުރެވިގެން ދިޔައ،ީ މިއަހަރުގެ ޖޫންމަހުގެ 5 އި ން 7 އަށް ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ވަފުދު ދިވެހިރާއްޖެއަށް ކުރެވުނު ދަތުރުގެ ތެރެއިންނެވެ. އަދި އެދަތުރުގައި މާލެ ސަރަޙައްދުގެ އެކި ހޮސްޕިޓަލްތަކަށް ޒިޔާރާތްކޮށް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައްވެސް އެ ވަފުދުން ވަނީ ބައްލަވާލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ