logoEN
PNC TOP 3
ގިނަ އަދަދެއްގެ ބިޔަރު ދަޅާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބިޔަރު ދަޅާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

8/4/2024, 5:48:53 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ގިނަ އަދަދެއްގެ ބިޔަރު ދަޅާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

PNC MID 2

ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ މިރޭ 22:00 ހާއިރު ހުޅުމާލެ އަމީން އެވެނިއު ކައިރިން ބިޔަރު ދަޅުތަކާއި ރާފުޅިއަކާއި އެކު ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކުރި ބިދޭސީ މީހާގެ އަތުން 48 ބިޔަރު ދަޅާއި 1 ރާ ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުށްތަކުގެ އަރައިގަތުމުން ހައްޔަރުކުރާ ބިދޭސީންނާއި ރާއްޖޭގެ ގަވާއިދުތަކާއި ގާނޫނުތައް މުގުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްލާނެ ކަމުގެ އިންޒާރު ދާދި ފަހުން އިމިގްރޭޝަންގެ ކޮންޓްރޯލަރު ވަނީ ދީފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC