logoEN
Sto top
އެލްޖީއޭގެ ސީއީއޯކަމުން ޒުލްފާ ވަކިކުރައްވައި ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންދީފި

އެލްޖީއޭގެ ސީއީއޯކަމުން ޒުލްފާ ވަކިކުރައްވައި ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންދީފި

އަހުމަދު ޝުރާއު

logo

8/4/2024, 4:44:48 PM

# އެލްޖީއޭ

--

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މަގާމުން ވަކި ކުރައްވާ، ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

Wamco

ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރިކަން ކަށަވަރު ކޮށްދީފައި ވާއިރު، އެކަމަކު ސަބަބެއް ވިދާޅެއް ނުވެއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަނުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މީގެ ކުރިން ޑރ. މަރްޔަމް ޒުލްފާ ވަނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުވެސް ފުރުއްވާފައެވެ.

އަދި ޑރ. މަރިޔަމް ޒުލްފާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޢައްޔަނު ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

ޑރ. މަރްޔަމް ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލްކުރައްވާފައެވެ. އަދި ޑރ. މަރްޔަމް ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލް.އެލް.އެމް.) ހާސިލްކުރެއްވުމުގެ އިތުރުން ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside