logoEN
Sto top
"އެލެގްރާ" ބޭހުގެ 3 ބެޗެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

"އެލެގްރާ" ބޭހުގެ 3 ބެޗެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

އަލްފާ އަލީ

logo

8/4/2024, 6:12:02 AM

# އެމްއެފްޑީއޭ

-

އެލެގްރާ ބޭހުގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ދިމާވެފައިވާތީ އެ ބެޗްގެ ބޭސްތައް ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

Wamco

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އެލެގްރާ 30 އެމްޖީ/ 5 އެމްއެލް ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓެއް ނެރެފައިވާ ކަމަށެވެ.

އެލާޓްކޮށްފައިވާ ބެޗް ނަންބަރުތައް:

AL1223019

AL1223029

AL1223060

އެ ތިން ބެޗް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ފުޑް އެންގެ ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ބޭހުގެ ބެޗްތައް ފާމަސީ ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީ އަށް އީމެއިލް މެދުވެރިކޮށް އެގުމަށްވެސް ވަނީ އެދިލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside