
ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ތައާރަފްކުރަނީ
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ--
މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރް.އެސް.ޑަބްލިޔު) ސިސްޓަމް އަކީ ދޯނިތަކުގެ ވަތުގައި ފެންފިނިކުރާ ނިޒާމެކެވެ.
މި ލޯނު ސްކީމަކީ އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ ލޯނެއް ކަމަށާއި، ވަރަށް ލުއި ގޮތަކަށް މަސްވެރިންނަށް މި ލޯނު ދިނުމަށް މަސްވެރި ވުޒާރާއިން ވަނީ ނިންމާފައި ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް މަސްވެރި ވުޒާރާއިން ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ކަނޑުމަހާއި ކަންނެލި މަސްވެރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެހެން މަސްވެރިންނަށްވެސް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަހުގެ ކޮލިޓީ ދެމެހެއްޓުމަށް ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް މި ޚާއްސަ ލޯން ސްކީމް ތައާރަފްކުރާ ކަމަށާއި، މަސްވެރި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ކަނޑުމަތީގައި މަސްވެރިން ހޭދަކުރާ ވަގުތު މަދުކޮށް އެފިޝެންޓްކޮށް މަސްވެރިކަން ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅުކުރުމަށް މިހާރުވެސް މަސްވެރި ވުޒާރާއާއި ޖައިކާ ގުޅިގެން މަސްވެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޑައިރެކްޓަރ އަޙްމަދު ޝިފާޒް މައުލޫމާތު ދެއްވިއެވެ.
ގުޅުންހުރި

މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ތިނަދޫ ބަނދަރަށް އިތުރު ބޯޓެއް ފޮނުވަނީ

ދައުރު ނިމޭއިރު މަސް ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރެވޭނެ - ޝިޔާމް

ހުޅުދޫ ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
