logoEN
cocacola
ހަމާސްގެ އަސްކަރީ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

8/3/2024, 6:27:17 AM

# ހަމާސް

--

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި, ކަސާމް ބްރިގޭޑުގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ތުލްކަރޭމްގައި ހުންނަ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ ކަސާމް ބްރިގޭޑްސްގެ ލީޑަރު ޝަހީދުކޮށްލާފައިވަނީ އޭނާ ދަތުރުކުރި ވެހިކަލަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ތުލްކަރޭމް ކައިރީގައި ދިން ހަމަލާގައި ޝަހީދުވި ފަސް މީހުންގެ ތެރޭގައި ކޮމާންޑަރު ހައިތަމް ބާލީދީ ހިމެނެ އެވެ. އެ ވެހިކަލްގައި ތިބި އަނެއް ހަތަރު މީހުން އަދި ދެނެގަނެވިފައެއް ނުވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލާދީފައިވަނީ "ޓެރަރިސްޓް ސްކޮޑެއް" އޮތް ކާރަކަށް ކަމަށެވެ. ހަމަލާގެ ޒިންމާ ރަސްމީކޮށް އިޒްރޭލުން ވަނީ ނަގާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ