
-
މާލޭގައި މާރާމާރީ ހިންގި ހަ ބިދޭސީ މީހަކު ޑީޕޯޓު ކުރަން ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ މާލޭގައި ހިނގި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ހަ ބިދޭސީއަކު ރޭ ފުލުހުން އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަން ޤާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ބުދަ ދުވަހުގެ ރޭ އަސްރަފީ މަގުގައި ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގާފައިވެއެވެ. މި މާރާމާރީގައި ދެ ބިދޭސީއަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް, އެ އެންމެން ވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.
ގުޅުންހުރި

އިމިގްރޭޝަންގެ ރެއިޑެއް ހީނާމާގޭ ޕާކިންގ ސަރަހައްދަށް: 11 ބިދޭސީއަކު ހައްޔަރަށް!

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ބިދޭސީންގެ މައްސަލަ ހައްލުކުރެވިގެންދާއިރު ބިދޭސީންގެ އަދަދު ކަށަވަރު ކުރެވިގެންދާނެ
