logoEN
Sto top
މަޑިފުށި ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މަޑިފުށި ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަލްފާ އަލީ

logo

8/1/2024, 5:13:48 PM

# މަޑިފުށި# މަޑިފުށި ސްކޫލް

-

“މަވެސް ފަތާނަން” ގެ ނަމުގައި ތ. މަޑިފުށި ސްކޫލުގެ ގްރޭޑް 4 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

ރަށުގެ މުއައްސަސާތަކާ ގުޅިގެން މަޑިފުށި ޕޮލިސް ސްޓޭޝަނުން ޖުލައި 13 އިން 25 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެ ސްކޫލުގެ 61 ދަރިވަރަކު ބައިވެރިވެ 50 ދަރިވަރަކު ފަތަން ދަސްކޮށް ފައިނަލް އެސެސްމަންޓުން ފާސްވެފައިވެއެވެ.

އޭގެ އިތުރުން، ކުރިން ފަތަން ދަސްކޮށްފައިވާ 36 ދަރިވަރަކަށް ފަތަން އެނގޭކަމުގެ ސެޓްފިކެޓް ދިނުމުގެ ގޮތުން ޕްރޮގްރާމުގެ ފައިނަލް އެސެސްމަންޓުގައި ބައިވެރިކޮށްފައިވެއެވެ. މިހުރިހާ ދަރިވަރުން ވެސް ވަނީ އެސެސްމަންޓް ފުރިހަމަކޮށް ފަތަން އެނގޭ ކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.

މި ދަރިވަރުންނާއެކު މި ޕްރޮގްރާމުގައި އެ ސްކޫލުގެ 97 ދަރިވަރުން ބައިވެރިވެ 86 ދަރިވަރުން ވަނީ ފަތަން އެނގޭކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވެސް ހަނދާނީ ފިލާ އަދި ލިޔުން ދީފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside