
މަޑިފުށި ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މަޑިފުށި--
“މަވެސް ފަތާނަން” ގެ ނަމުގައި ތ. މަޑިފުށި ސްކޫލުގެ ގްރޭޑް 4 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ދިވެހި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

އެރަށުގެ މުއައްސަސާތަކާ ގުޅިގެން މަޑިފުށި ޕޮލިސް ސްޓޭޝަނުން ޖުލައި 13 އިން 25 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެ ސްކޫލުގެ 61 ދަރިވަރަކު ބައިވެރިވެ 50 ދަރިވަރަކު ފަތަން ދަސްކޮށް ފައިނަލް އެސެސްމަންޓުން ފާސްވެފައިވެއެވެ.
އޭގެ އިތުރުން، ކުރިން ފަތަން ދަސްކޮށްފައިވާ 36 ދަރިވަރަކަށް ފަތަން އެނގޭކަމުގެ ސެޓްފިކެޓް ދިނުމުގެ ގޮތުން ޕްރޮގްރާމުގެ ފައިނަލް އެސެސްމަންޓުގައި ބައިވެރިކޮށްފައިވެއެވެ. މިހުރިހާ ދަރިވަރުން ވެސް ވަނީ އެސެސްމަންޓް ފުރިހަމަކޮށް ފަތަން އެނގޭ ކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
މި ދަރިވަރުންނާއެކު މި ޕްރޮގްރާމުގައި އެ ސްކޫލުގެ 97 ދަރިވަރުން ބައިވެރިވެ 86 ދަރިވަރުން ވަނީ ފަތަން އެނގޭކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވެސް ހަނދާނީ ފިލާ އަދި ލިޔުން ދީފައިވެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހިންނަވަރުގައި ފުލުހުންގެ " ހިއްސާ " ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

މަޑިވަރު ކައިރިން ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ފުލުހުންގެ ޚިދުމަތާ އަލަށް 133 ފުލުހުން ގުޅިއްޖެ
