ބީޗު ހޭންޑްބޯޅަ 2024: ފަސޭހަކަމާއެކު ބީސްޓް އެސްސީ ބަލިކޮށް ފެމެލީ ބޭކާސް ފެށުން ރަނގަޅުކޮށްފި
# ދިވެހި ކުޅިވަރު # ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ކުޑަހުވަދޫ ސްޕޯޓްސް ކުލަބުބީސްޓް އެސްސީ އާއި ފެމެލީ ބޭކާސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯލް ނޭޝަން
ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ކުޅުދުއްފުށި ސީޓީގެ ފެމެލީ ބޭކާސް އާއި ކުޑަހުވަދޫގެ ބީސްޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެ ފެމެލީ ބޭކާސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ސެޓްގައި ފެމެލީ ބޭކާސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 19-0 ގެ ތަފާތު ބޮޑު ނަތީޖައަކުންނެވެ. އަދި ދެވަނަ ސެޓުގައި ވެސް މޮޅަ ކުޅެ ސެޓް ޑޮމިނޭޓްކުރީ ފެމެލީ ބޭކާސް އިންނެވެ. އަދި މިސެޓް އެޓީމުން ކާމިޔާބުކުރީ 13-0 ގެ ނަތީޖައަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުބްތެރިއަކަށް ހޮވުނީ ފެމެލީ ބޭކާސްގެ އަހުމަދު އަލީ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.
ގުޅުންހުރި

އޭޝިއާ އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުން ކޮރެއާއަށް ދިއުމައްޓަކައި ފުރައިފި

ވޭލިއަންޓް ވޯރިއާސްގެ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
