logoEN
cocacola
ސިފައިންގެ ޕެރޭޑު މާދަމާ މާލޭގައި , ހޮނިހިރު ދުވަހު ހުޅުމާލޭގައި!

ސިފައިންގެ ޕެރޭޑު މާދަމާ މާލޭގައި , ހޮނިހިރު ދުވަހު ހުޅުމާލޭގައި!

އަހުމަދު ޝުރާއު

logo

8/1/2024, 12:38:26 PM

# ދިވެހި ސިފައިން

--

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ދިވެހި ސިފައިންގެ ފަރާތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ގޮސިޔާ

އެމްއެންޑީއެފުން މިއަދު ބުނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މަގުމަތީ ހިނގާލުން މިފަހަރު މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ބާއްވާ ހިނގާލުން މާދަމާ ހަވީރު ބާއްވަން ނިންމާފައިވާއިރު ހުޅުމާލޭގައި ބާއްވާ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ހުޅުމާލޭގައި ބާއްވާ ހިނގާލުން އޮންނާނީ ހުޅުމާލެ ފޭސް 1 ގެ ބޮޑެތި މަގުތަކުގައި ކަމަށާއި މާލޭގެ ހިނގާލުން އޮންނާނީ މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށް ސިފައިން ބުނެއެވެ.

View post on Twitter

މި ދެ ހިނގާލުންވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:15 ގައި އެވެ.

މާލޭގައި އޮންނަ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ