logoEN
cocacola
ހުޅުމާލެ އެކްސިޑެންޓް: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ހުޅުމާލެ އެކްސިޑެންޓް: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

އަލްފާ އަލީ

logo

8/1/2024, 9:42:06 AM

# ފުލުހުން# ހުޅުމާލެ

-

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ގޮސިޔާ

ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓުތައް ކައިރީގައި ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ އިއްޔެ މެންދުުރުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި އިން މީހާއަށް އަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ނެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި 3 މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ, އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ, އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑްން، ކ.މާލެ އަދި ޖިނާހް އިސްމާޢީލް / އާޒާދުގެ، ގއ. ކަނޑުހުޅުދޫ އެވެ.

މި މީހުންގެ ތެރެއިން ޖިނާހް އިސްމާއިލް 15 ދުވަހަށް ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އިކްރާމުއްރަހްމާން އާއި އިބްރާހިމް އިކްރާމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެކްސިޑެންޓްވި ކާރަކީ ބީ ޒޯންއަށް ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ