logoEN
cocacola
ކަސްޓަމްސް މުވައްޒަފުންނަށް 100 ފްލެޓްލިބޭނެ ކަމުގެ ޔަގީންކަން ދީފި

ކަސްޓަމްސް މުވައްޒަފުންނަށް 100 ފްލެޓްލިބޭނެ ކަމުގެ ޔަގީންކަން ދީފި

އަލްފާ އަލީ

logo

7/31/2024, 3:38:42 PM

# ކަސްޓަމްސް ސާވިސަސް

-

ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކަރުކާރުން ދެއްވައިފި އެވެ.

ގޮސިޔާ

ކަސްޓަމްސް އިން ބުނީ, ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމުމާ އެއްގޮތަށް، ކަސްޓަމްސް އަށް 100 ފްލެޓް ދޭނެ ކަމުގެ ޔަޤީންކަން މި ސަރުކާރުން ދީފައިވާ ކަމަށެވެ.

ސަރުކާރުގެ މި ނިންމުމާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 85 ފްލެޓާއި، 2 ކޮޓަރީގެ 15 ފްލެޓެވެ. ފްލެޓް ލިބޭ މުވައްޒަފުންނާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މުވައްޒަފުންނަށް ގުޅަމުންދާނެކަމަށް ހައުސިން މިނިސްޓްރީން ކަސްޓަމްސްއަށް ވަނީ އަންގާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ 4000 ފްލެޓްގެ ތެރެއިން ކަސްޓަމްސްއަށް 100 ފްލެޓު ދިނުމަށް ކުރީ ސަރުކާރުންވެސް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ