ތިނަދޫ ސިޓީ ކައުންސިލް އޮފީސްތަކުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހަސަން ޝަމްއޫން
7/31/2024, 9:07:46 AM
މުބާރާތް ހިންގުން ހުވަދޫ ރެކްރިއޭޝަން ކުލަބާއި ހަވާލުކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން... ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
"ތިނަދޫ ސިޓީ ކައުންސިލް އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024" ރާވައި ހިންގުން ހުވަދޫ ރެކްރިއޭޝަން ކުލަބާއި ހަވާލުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުވަދޫ ރެކްރިއޭޝަން ކުލަބުގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިއީ އެކުލަބުގެ ފަރާތުން ތިނަދޫގައި އޮފީސް ފުޓްސަލް މުބާރާތެއް ބާއްވާ ތިންވަނަ ފަހަރެވެ. އަދި މި މުބާރާތަކީ ތިނަދޫ ސިޓީގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން، ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ސިޓީ ކައުންސިލާއި ހުވަދޫ ރެކްރިއޭޝަން ކުލަބު ގުޅިގެން ބާއްވާ މުބާރާތެއް ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭނީ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ތިނަދޫ ސިޓީގައި މަސައްކަތްކުރާ ސަރުކާރު އޮފީސްތަކާއި / ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށެވެ.
ޗެންޕިއަން ޓީމަށް 25،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލެވިފައި ވަނީ 29 ޖުލައި 2024 އިން 5 އޮގަސްޓް 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށެވެ.