logoEN
cocacola
ހަނިއްޔާ އަވަހާރަކޮށްލުން: ގަޑިއިރެއްވެގެން ދިޔައިރުވެސް ޔާހޫދީ އަސްކަރިއްޔާއަށް ޒިންމާ ނަގަން ނުކުރުނު!

ހަނިއްޔާ އަވަހާރަކޮށްލުން: ގަޑިއިރެއްވެގެން ދިޔައިރުވެސް ޔާހޫދީ އަސްކަރިއްޔާއަށް ޒިންމާ ނަގަން ނުކުރުނު!

އަހުމަދު ޝުރާއު

logo

7/31/2024, 5:17:01 AM

# ހަމާސް# ހަނިއްޔާ އަވަހާރަކޮށްލުން

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ޒިންމާ އަދި މިހާތަނަށްވެސް ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ނަގާފައި ނުވެއެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން ހަނިއްޔާ އަވަހާރަކޮށްލީ އިރާނުގެ ތެހެރާނުގައި ހުންނަ ހަމާސްގެ މައި އިދާރާއަށް ދިން ހަމަލާއެއްގައި އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާދީފައިވަނީ އެތަނަށް ޔަހޫދީ ސިފައިން ވަދެއެވެ. އަދި އެހެނިހެން ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލަދީފައިވަނީ ވައިގެ މަގުންނެވެ.

މި ހަމަލާއާއި ގުޅިގެން އޭޕީއިން ޔަހޫދީ އަސްކަރިއްޔާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް އޭޕީއިން ބުނެއެވެ. އޭޕީއިން ރިޕޯޓުކޮށްފައިވަނީ ހަމަލާއާއި ގުޅިގެން ޔަހޫދީ އަސްކަރިއްޔާއިން މައުލޫމާތު ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިއީ މިފަދަ ބޮޑު ހަމަލާއަކަށްފަހު މިފަހަރުން ޔަހޫދީ އިސްކަރިއްޔާއިން ހަމަލާގެ ޒިންމާ ނުނަގައި މިހާ އިރުވެސް ފުރަތަމަ ފަހަރެވެ.

ޔަހޫދީން ހަމަލާގެ ޒިންމާ ނުނެގި ނަމަވެސް ހަމާސްއިން ވަނީ މި ހަމަލާގެ ބަދަލު ޔަހޫދީންގެ ކިބައިން ހިފާނެ ކަމަށް ބުނެފައި އެވެ. އަދި ޖަވާބުގައި ދޭ ހަމަލާ ވަރުގަދަ ވާނެ ކަމަށްވެސް ހަމާސްއިން ވަނީ އިންޒާރު ދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ