logoEN
cocacola
މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ލޯންޗެއް އަޑިޔަށްދާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ލޯންޗެއް އަޑިޔަށްދާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އަހުމަދު ޝުރާއު

logo

7/30/2024, 10:10:31 AM

# ދިވެހި ސިފައިން

--

މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވައި، ދިޔަވެ އަޑިޔަށްދިޔަ "ޓައިޓަން" ނަމަކަށް ކިޔާ ލޯންޗެއްގެ ދިޔަ ހިއްކުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގޮސިޔާ

އެ ސަރަހައްދުގައި އަޅާފައި އޮތް އެ ލޯންޗު ދިޔަވެ އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 11:11 ހާއިރުއެވެ.

ސިފައިން ބުނީ އެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، ދިޔަވެ އަޑިއަށް ދިޔަ ލޯންޗު އަމިއްލަ ފަރާތެއްގެ ކެރޭނެއްގެ އެހީގައި ފެންމަތިކުރުމުން، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ޕަންޕު ބޭނުންކޮށްގެން، އެ ލޯންޗުގައި ބޮޑުވެފައި އޮތް ދިޔަގަނޑު އެއްކޮށް ހިއްކަދީފައިވާކަމަށް ސިފައިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ