
ސައުތުޕޯޓުގައި ވަޅިންދިން ހަމަލާ: ދެ ކުޑަކުދިން މަރުވެ 9 ކުޑަކުއްޖަކު ސީރިއަސް ހާލުގައި!
# އިނގިރޭސިވިލާތް--
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ އަވަށެއް ކަމަށްވާ ސައުތުޕޯޓްގައި ޒުވާނަކު ވަޅިން ގިނަ ބަޔަކަށް ދިން ހަަމަލާގައި ދެ ކުޑަކުދިން މަރުވެއްޖެ އެވެ.

އެގައުމުގެ ރިޕޯޓުތައް ބުނާގޮތުގައި ލިވަޕޫލްގެ އުތުރުގައި އޮންނަ ސައުތުޕޯޓްގައި މިއަދު ހެނދުނު ވަޅިން ދިން ހަމަލާގައި ދެ ކުއްޖަކު މަރުވެ ނުވަ ކުއްޖަކު ޒަހަމްވެއްޖެ އެވެ. ޒަހަމްވި ނުވަ ކުދިންގެ ތެރެއިން ހަ ކުއްޖެއްގެ ހާލު ސީރިއަސް އެވެ. އަދި ބޮޑު ދެ މީހެއްގެ ހާލު ވެސް ސީރިއަސް އެވެ.
އެސަރަހައްދުގެ ޗީފް ކޮންސްޓަބަލް ސެރީނާ ކެނެޑީ ސިފަކުރެއްވި ގޮތުގައި މި ހަމަލާއަކީ ވަރަށް ނުރައްކާތެރި ހަމަލާއެކެވެ.
ސްކައި ނިއުސް އިން ރިޕޯޓުކުރާގޮތުގަ މި ހަމަލާތައް ދީފައި ވަނީ މާސީސައިޑް ޓައުންގެ ހާޓް ސްޓްރީޓްގައި ހުންނަ މައިންނާއި ތުއްތު ކުދިންގެ ކްލާސްތަކަށް އާންމުކޮށް ބޭނުންކުރާ ހާޓް ސްޕޭސް ނަމަކަށް ކިޔާ ކޮމިއުނިޓީ ސެންޓަރެއްގައި އެވެެ. އެގޮތުން މި ހަމަލާދިން ވަގުތަކީ 7 އަހަރާއި 11 އަހަރުގެ ކުޑަކުދިންނަށް ޚާއްސަ ކްރާސްތަކެއް އެތަނުގެ ކުރިޔަށް ދިޔަ ވަގުތެއް ކަމަށް ސްކައިނިއުސްއިން ބުނެއެވެ.
ސައުތުޕޯޓްގެ ފުލުހުން ބުނާ ގޮތުގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 17 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން ވަޅިއެއްވެސް ފެނިފައިވާކަން ވަނީ ފުލުހުން ކަށަވަރުކޮށްދީފައި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުން ލިވަޕޫލް ކައިރީގައި އޮންނަ ސައުތުޕޯޓްގެ ބަޔަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު އެގައުމުގެ ގަޑިން ހެނދުނު 11:50 ހާއިރު އެސަރަހައްދުގެ ގެއަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
