
އިނގިރޭސިވިލާތުގެ ސައުތުޕޯޓްގައި އަށް މީހަކަށް ވަޅިން ހަމަލާދީފި, 17 އަހަރުގެ ޒުވާނެއް ހައްޔަރަށް!
# އިނގިރޭސިވިލާތް--
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ އަވަށެއް ކަމަށްވާ ސައުތުޕޯޓްގައި ޒުވާނަކު ވަޅިން ހަމަލާދީ އަށް މީހަކު ޒަހަމްކޮށްލައިފި އެވެ.

ސައުތުޕޯޓްގެ ފުލުހުން ބުނާ ގޮތުގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 17 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން ވަޅިއެއްވެސް ފެނިފައިވާކަން ވަނީ ފުލުހުން ކަށަވަރުކޮށްދީފައި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުން ލިވަޕޫލް ކައިރީގައި އޮންނަ ސައުތުޕޯޓްގެ ބަޔަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު އެގައުމުގެ ގަޑިން ހެނދުނު 11:50 ހާއިރު އެސަރަހައްދުގެ ގެއަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ނޯތު ވެސްޓް އެމްބިއުލާންސް ސާވިސް (އެންޑަބްލިއުއޭއެސް) އިން ބުނީ ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި އަށް މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އެ މީހުން އިތުރު ފަރުވާއަށް އެލްޑާ ހޭ ޗިލްޑްރަންސް ހޮސްޕިޓަލާއި އައިންޓްރީ ޔުނިވާސިޓީ ހޮސްޕިޓަލާއި ސައުތުޕޯޓް އެންޑް ފޯމްބީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުތަކުން ބުނީ ބޮޑު ހާދިސާއެއް ގެ ޕްރޮޓޮކޯލް ހޮސްޕިޓަލްތަކުގައި އިއުލާނުކޮށްފައިވާ ކަމަށާއި ހޮސްޕިޓަލުތަކުގެ އިމަޖެންސީ ޑިޕާޓްމަންޓްތައް އޮތީ ވަރަށް ބިޒީކޮށް ކަމަށެވެ. އަދި ވީހާވެސް ކުޑަކުދިން އެމަޖެންސީ ރޫމްތަކަށް ނުގެނެއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެގައުމުގެ ރިޕޯޓުތައް ބުނާގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަ އަންހެން ކުދިންތަކެއް ހިމެނެއެވެ. ނަމަވެސް އަދި މިހާތަނަށް އެކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
