logoEN
cocacola
ކުދި ރަށްތަކުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ކުވެއިތު ފަންޑުން ރާއްޖެއަށް 9.7 މިލިއަން ޑޮލަރުގެ ލޯނެއް!

ކުދި ރަށްތަކުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ކުވެއިތު ފަންޑުން ރާއްޖެއަށް 9.7 މިލިއަން ޑޮލަރުގެ ލޯނެއް!

އަހުމަދު ޝުރާއު

logo

7/29/2024, 3:25:05 PM

# ފިނޭންސް މިނިސްޓްރީ# ހެލްތު މިނިސްޓްރީ# ރާއްޖެ - ކުވެއިތު

--

ކުދި ރަށްތަކުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ކުވެއިތު ފަންޑާ އެކު ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ގޮސިޔާ

މިއަދު ދިވެހި ސަރުކާރުން ކުވެއިތު ފަންޑާއިއެކު ސޮއިކޮށްފައިވަނީ 3 މިލިއަން ކުވެއިތު ދީނާރުގެ ލޯނު އެއްބަސްވުމެކެވެ. ޑޮލަރުން ބަލާނަމަ އެއީ 9.7 މިލިއަން ޑޮލަރެވެ. އަދި ދިވެހި ރުފިޔާއިން ނަމަ 150 މިލިއަން ރުފިޔާއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުއެވެ. އަދި ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެފަންޑުގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ވަލީދު އަލް ބަހްރް އެވެ. މިއަދުގެ ރަސްމިއްޔާތުގައި ސިއްހަތާއި ބެހޭ ވަޒީރު އަބްދުالله ހަލީލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖޭގެ އުތުރާއި ދެކުނުގެ ކުދި ރަށްތަކުގައި ސިއްޚީ ޚިދުމަތްދޭ ތަންތަން ޤާއިމުކުރުމާއި ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓަށް ކުވެއިތު ފަންޑުން ދިން އެހީއެއް ކަމަށެވެ. އަދި ލޯނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި ދެވަނަ ދަރަޖައިގެ ސިއްޚީ ޙިދުމަތްދޭ ހޮސްޕިޓަލްތައް ތަރައްޤީކުރެވިގެންދާނެ ކަމަށާއި މިހޮސްޕިޓަލްތަކުގެ ސަބަބުން ސިއްޚީ ފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ދަތުރުތައް މަދުވެ، ސިއްޚީ ނިޒާމް ލާމަރުކަޒު ކުރުމަށް ފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.

View post on Twitter

މި ހޮސްޕިޓަލުތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތް ކުރުމުގެ މަސައްކަތާއި، ހިދުމަތްތަކުގެ އިލެކްޓްރޯލް-ޓެކްނިކަލް މަސައްކަތާއި، ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި، ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖީނިއަރިންގ ހިދުމަތްތައް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ