logoEN
cocacola
ޕްރޮސެސިން ކެެޕޭސިޓީ އިތުރުވުމުން މަހުގެ އެކްސްޕޯޓުން 190 މިލިއަން ޑޮލަރު ލިބޭނެ: ވަޒީރު

ޕްރޮސެސިން ކެެޕޭސިޓީ އިތުރުވުމުން މަހުގެ އެކްސްޕޯޓުން 190 މިލިއަން ޑޮލަރު ލިބޭނެ: ވަޒީރު

އަލްފާ އަލީ

logo

7/28/2024, 11:23:15 AM

# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ# އަހުމަދު ޝިޔާމް

-

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

"އެސްއެސް ޓީވީ" ގެ ޕްރޮގްރާމެއްގައި ވަޒީރު ޝިޔާމް ރޭ ވިދާޅުވީ، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން، ޅ. ފެލިވަރާއި ފ. ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ފެކްޓްރީތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރު މިފްކޯގައި ހުރީ 40 މެޓްރިކްޓަނުގެ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށާއި އެ ފެކްޓަރީތައް އޮޕަރޭޝަނަލައިޒް ކުރެވުމުން، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ 300 މެޓްރިކްޓަނަށް ބަދަލުވެގެންދާނެ ކަމަށެވެ.

"އެ ފެކްޓްރީތަކުން އިތުރުކުރެވޭ ކެޕެސިޓީއާއެކު ގާތްގަނޑަކަށް 81000 މެޓްރިކްޓަނުގެ މަސް ބަންދު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއިން މިހާރު 128،000 ނުވަތަ 130،000 މެޓްރިކްޓަނުގެ މަސް ބާނާކަމަށެވެ. އަދި އެ ހުރިހާ މަހެއް ޕްރޮސެސްކުރެވޭ ނަމަ މަސް ބޭރުކޮށްގެން މިހާރު ލިބޭ 90 މިލިއަން ޑޮލަރު 180 ނުވަތަ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.

ވަޒީރު ލަފާކުރައްވާ ގޮތުގައި މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ