
ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދަން ލައިސަންސް ހޯދުމަށް ހުށަހަޅައިފި
# އިކޮނޮމިކް މިނިސްޓްރީ# ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް-
ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަށް ލައިސެންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އަށް ހުށައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގައި ޑިވޮލޮޕްމެންޓް ބޭންކެއް ގާއިމްކުރުމަށް ބޭނުންވާ ލައިސެންސް ހޯދުމަށް މިއަދު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
މީގެ ކުރިން ރައީސުކްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަވާފައެވެ.
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ގާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިސްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ބުނެއެވެ.