
--
ސްރީލަންކާގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ފާއިތުވި އަހަރުތަކުގައި ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މާލީ ދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ޤައުމެއްގައި އިޞްލާޙުގެ މުސްތަޤްބަލް ކަނޑައެޅުމަށް ވޯޓަށް އަހާނެ ތާރީޚެއްގެ ގޮތުގައި އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.
އެ ކޮމިޝަނުން އިއްޔެ ބުނީ އިންތިހާބަށް ނަން ހުށަހަޅަން ޖެހޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. މި އިއުލާނާއިއެކު ވެރިކަމަށް ކުރިމަތިލައްވާނެ ކަން އެންމެ ފުރަތަމަ އިއުލާނުކުރެއްވީ އެގައުމުގެ މިހާރުގެވެސް ރައީސް ރަނިލް ވިކްރަމްސިންހަ އެވެ.
އުމުރުފުޅުން 75 އަހަރުގެ ވިކްރަމަސިންހަ ވެރިކަމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލީ ގޮތުން ކުރިމަތިވި ހީނަރުކަމުގެ ސަބަބުން ކުރިމަތިވި ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ގައުމު ދޫކޮށް ވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުންނެވެ.
ސްރީލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން އާރްއެމްއޭއެލް ރަތުނަޔަކަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮނިހިރު ދުވަހަކަށް އިންތިހާބު ތާވަލުކޮށްފައިވަނީ ވޯޓުލާ މީހުންގެ އަދަދު ގިނަކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ގުޅުންހުރި

468 ކިލޯގެ މަސްތުވާތަކެއްޗާއިއެކު އަތުލައިގަތް ބޭރުގެ ބޯޓުގައި ތިބި 5 މީހުންގެ ބަންދަށް އެއް މަސް!

ލަންކާގެ އައު ރައީސަށް ގާނޫނު ހަދާ މަޖިލީހުގެވެސް ފުރިހަމަ ބާރު ލިބިއްޖެ!

ލަންކާގެ ބޮޑުވަޒީރަކަށް ޑރ ހަރީނީ!
