logoEN
cocacola
3 ހޮސްޕިޓަލަކަށް ސައުދީ ފަންޑުގެ އެހީ ކަށަވަރުކުރެވިއްޖެ - ރައީސް

3 ހޮސްޕިޓަލަކަށް ސައުދީ ފަންޑުގެ އެހީ ކަށަވަރުކުރެވިއްޖެ - ރައީސް

އަހުމަދު ޝުރާއު

logo

7/27/2024, 7:21:25 AM

# ރައީސް މުއިއްޒު

--

ރާއްޖޭގައި ތިން ހޮސްޕިޓަލެއް ޤާއިމްކުރުމަށް މާލީ އެހީތެރިކަން ކަށަވަރުވެފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވަނީ ފަރުދީ މިނިވަންކަމާއި ރަށްރަށުގެ ދިރިއުޅުން ފަހިކޮށްދެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ސިއްހީ ވުޒާރާއާއި ގުޅޭ ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ޤާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަން ހާމަކުރައްވާފައި އެވެ. ނަމަވެސް އެއީ ކޮން ތިން ހޮސްޕިޓަލެއްގެ މަސައްކަތް ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ހުރިހާކަމެއް ހަމަޖެހިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސައުދީ ފަންޑުން ރާއްޖޭގެ 3 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ފަންޑު ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވި އިރު މިދިޔަ މޭ މަހު ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވަނީ ރާއްޖެ ވަޑައިގެން ރައީސް އާއި ބައްދަލުކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ