logoEN
cocacola
 ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް މުވައްސަސާތަކަށް ރައީސް އަންގަވައިފި

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް މުވައްސަސާތަކަށް ރައީސް އަންގަވައިފި

އަހުމަދު ޝުރާއު

logo

9/6/2024, 1:44:11 PM

# ރައީސް މުއިއްޒު

--

ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ، އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ގޮސިޔާ

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރޭ ހިނގި ހިތާމަވެރި ޙާދިސާއާއި ގުޅިގެން މީސް މީޑިއާ މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގާދިޔަ އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ މީހެއްގެ ފުރާނަ ގެއްލިފައެވެ. މި ހިތާމަވެރި ޙާދިސާގައި ނިޔާވީ ލ. އިސްދޫ، ޙަސަން ސަމާޙުއެވެ. ޙަސަން ސަމާޙު ނިޔާވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޕޯސްޓުގައި 23 އަހަރުގެ ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރައްވާފައިވެއެވެ.

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ނުރައްކާތެރިކޮށް ދުއްވުމާ ގުޅިގެން ހިނގާ އެކްސިޑެންޓުފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ، އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވައިފިނަމަ އެފަދަފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަގަވާފައިވާކަން ފާހަގަކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ