logoEN
cocacola
ގަވައިދާ ހިލާފަށް އުޅުނު 16 ބިދޭސީން އަތުލައިގެންފި

ގަވައިދާ ހިލާފަށް އުޅުނު 16 ބިދޭސީން އަތުލައިގެންފި

އަލްފާ އަލީ

logo

7/26/2024, 9:30:50 AM

# މޯލްޑިވްސް އިމިގްރޭޝަން# ފުލުހުން

-

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން އިތުރު 16 ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ގޮސިޔާ

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރޭގެ ވަގުތެއްގައި މާލޭގެ 4 ތަނެއް ބަލައިފާސްކޮށް 16 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ހާއްސަ އޮޕަރޭޝަނެއް ފެށީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 100އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވާއިފާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާމެދުވެސް، ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ