logoEN
cocacola
މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ

މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ

އަލްފާ އަލީ

logo

7/26/2024, 9:14:34 AM

# މާލެ ސިޓީ

-

މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ނޯޓިސް ބާތިލްކޮށްފި އެވެ.

ގޮސިޔާ

މާލެ ސިޓީ ކައުންސިލުން ބުނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވުމުން، މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާ ކަމަށެވެ.

މާލޭގައި އެއްގަމު އުޅަނދު ދުއްވުން އެވަގުތުތަކުގައި މަނާކޮށްފައިވަނީ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށް އެ ނޯޓިސްގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ