logoEN
cocacola
ތިނަދޫގައި ކުރި މުޒާހަރާ ރޭވި ބަންގްލަދޭޝް މީހުން ހައްޔަރުކޮށް ޑީޕޯޓުކުރަނީ

ތިނަދޫގައި ކުރި މުޒާހަރާ ރޭވި ބަންގްލަދޭޝް މީހުން ހައްޔަރުކޮށް ޑީޕޯޓުކުރަނީ

އަހުމަދު ޝުރާއު

logo

7/25/2024, 5:35:26 PM

# ބިދޭސީން

ބަންގްލަދޭޝްގައި ދާދި ފަހުން ހިނގާދިޔަ ހަމަނުޖެހުންތަކާއި އެކު އެގައުމުގެ ސަރުކާރާއި ދެކޮޅަށް ތިނަދޫ ސިޓީގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އިންތިޒާމުކޮށް ރޭވި ފަރާތްތައް ހައްޔަރުކޮށް ޑިޕޯޓުކުރަން ސަރުކާރުން ނިންމައިފި އެވެ.

ގޮސިޔާ

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން އެވެ. އެގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާ ވައިލޭޝަނެއް ކަމަށެވެ.

މިއާއި އެކު ތިނަދޫގައި ކުރި މުޒާހާރަގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަން ރޭވި މީހުން ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ނިންމައި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިނަދޫގައި ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެމުޒާހަރާގައި ތިނަދޫގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބައެއް ވަނީ ބައިވެރިވެފައި އެވެ.

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކުގެ ކޯޓާތަކުގެ މައްސަލާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި 170 އަށްވުރެ މީހުން ވަނީ މަރުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ