logoEN
cocacola
ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު ރަނގަޅުވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނަން - ރައީސް

ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު ރަނގަޅުވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނަން - ރައީސް

އަލްފާ އަލީ

logo

7/25/2024, 10:40:35 AM

# ރައީސް މުއިއްޒު

-

ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު ރަނގަޅުވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ރޭ އިފްތިތާހުކުރި "މާލެފަހި" ޕްރޮގްރާމުގައި ސިނަމާލެ ބުރިޖާއި ހަލިމަގުން ޓޯލް ފީއެއް ނެގުމާމެދު ދިރާސާއެއް ކުރުމަށް ވަނީ ހިމަނާފައެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުކޮށްފައެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ, ބުރިޖުން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ, އެ ދިރާސާއަށްފަހު ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ