logoEN
Sto top
ވަގު ގަރާޖު ސިޓީތަކުގެ ބޭނުމެއް މިހާރަކު ނުހިފޭނެ - އަމީން

ވަގު ގަރާޖު ސިޓީތަކުގެ ބޭނުމެއް މިހާރަކު ނުހިފޭނެ - އަމީން

އަހުމަދު ޝުރާއު

logo

7/24/2024, 5:27:16 PM

# މިނިސްޓަރ އަމީން

--

ގަރާޖްނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުމެއް މިހާރަކު ނުހިފޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Wamco

މިރޭ އޮތް"މާލެ ފަހި" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީންވަނީ މާލެއަށް ކުރިމަތިވެފައިވާ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް މިމައްސަލައަށް ހުރިހާ އިދާރާއެއް ގުޅިގެން ހައްލު ގެންނަޖެހޭކަން މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.

އަމީން ވިދާޅުވީ، މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހެދޭނީ މާލޭގައި ދުއްވާ އުޅަނދުތައް މަދުކޮށް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ހިންގާފައިވާ ކަންކަން ހުއްޓުވައިގެންކަމަށެވެ. މިގޮތުން ސަރުކާރުން މިވީ 8 މަސްދުވަހުގެ ތެރޭގައި މުހިންމު ގިނަ ފިޔަވަޅުތަކެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުއްވާ ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މީގެކުރިން ގަރާޖު ނެތި ދައުރުކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން މިހާރު ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ރަޖިސްޓްރީކޮށްދިނުމުގެ ސަބަބުން، އާދަޔާ ޚިލާފަށް މާލޭގެ ސަރަހައްދަށް އުޅަނދުތައް ގިނަވެ، ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށް ގޮސްފައި ވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިކަން ހައްލުކުރުމަށް ކުރުމަށް ނިންމާފައިވާ ކަންކަން ހިއްސާ ކުރައްވާފައެވެ.

މި މައްސަލަ ހައްލުކުރުމަށް ރަޖިސްޓްރޭޝަން އަށް ހުށައަޅާ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްކުރުމުގެ ކުރިން ޤާނޫނުގައިވާ ގޮތުގެ މަތިން ގަރާޖުގެ ޞައްހަކަމާއި އަދި ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަ ކުރަން 2024 ޖަނަވަރީގައި ފަށާފައެވެ. މިބަދަލުތައް ގެނެވުނު ހިސާބުން މާލެ ސަރަޙައްދަށް ރަޖިސްޓަރކުރެވެމުން ދިޔަ އުޅަނދުތަކުގެ އަދަދުވަނީ ބޮޑުތަނުން ކުޑަވެފައެވެ.

2021 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދަށް ކާރު ރަޖިސްޓަރކުރަމުން ދިޔަ އަދަދު ވަނީ އަހަރުން އަހަރަށް އިތުރުވަމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު މަހެއްގެ މައްޗަށް 122 ކާރު މާލެ ސަރަޙައްދަށް ރެޖިސްޓަރކުރެވިފައިވާކަމަށެވެ. އަދި މި އަދަދު %76 ދަށްކޮށް 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ރެޖިސްޓަރކުރެވިފައިވަނީ މަހަކު 30 ކާރު ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC