
ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ނިންމައިފި
# ޓްރާންސްޕޯޓް މިނިސްޓްރީ# ދިވެހި ސަރުކާރު--
ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރީ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ފެށި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންނެވެ.
މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުންދާގޮތަށް ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި ރިލަބަލް ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށްޓަކައި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން މި ޓެކްސީ ލައިންގެ ހިމެނޭ ކާރުތައް ފްރީލާންސްގެ އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް ދުއްވުމުގެ ފުރުސަތު މިކަމަށް ޝައުގުވެރިވާ ދިވެހީންނަށް ހުޅުވާލައިގެން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި ޓެކްސީ ލައިންއަކީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ވެހިކަލް 25 އިންސައްތަ މަދުވެގެން ބޭނުންކުރާ ޓެކްސީ ލައިނެއްގެ ގޮތުގައި ހެދުމަށް ވަނީ ނިންމާފައި ކަމަށެވެ.
ޓެކްސީ ލައިނުގެ ހިދުމަތަކީ މި ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފައި މަސައްކަތެކެވެ.
ގުޅުންހުރި

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ކެމްޕޭންގެ ޕްލޭން އެކުލަވާލަނީ

އައު ލައިސެންސް ޓްރެކާއި އެކު ވޭވަށުގައި "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި

އާރު.ޓީ.އެލް މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދެނީ!
