logoEN
cocacola
ރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

7/24/2024, 11:11:03 AM

# އެކޮނޮމިކް މިނިސްޓްރީ

--

ރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އެކޮނޮމިކް މިނިސްޓްރީއިން ފަށައިފި އެވެ.

ގޮސިޔާ

އެމިނިސްޓްރީއިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެކި ބާވަތުގެ ތަކެތި ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާތީ، އެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންވާ ފަރާތްތަކުން ލިންކް މެދުވެރިކޮށް މަޢުލޫމާތު ޙިއްޞާކުރުމަށް އެދޭ ކަމަށެވެ.

މި މަޢުލޫމާތު އެއްކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އޭގެ އިތުރުން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުމެވެ.

ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޯގަސްޓް 2024 ގެ ކުރިން މި ލިންކް މެދުރވެރިކޮށް އެ މިނިސްޓްރީއާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ވަނީ އެދިފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ