
ނޭޕާލުގައި މަތިންދާބޯޓެއްވެއްޓި ގިނަބަޔަކު މަރުވެއްޖެ އެވެ.

ކަތުމަންޑޫގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލި އެ މަތިންދާބޯޓުގައި ފަސިންޖަރުންނާއި ފަޅުވެރިންނާ އެކު 19 މީހުން ތިއްބެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 18 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާއިން ސަލާމަތް ވެފައިވަނީ ޕައިލެޓް އެކަނި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕައިލެޓް އަށް ފަރުވާ ދިނުމަށް ކަތަމަންޑޫ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު, ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތެވެ.
މިހާދިސާ ހިނގީ މި ބޯޓު ނައްޓާލަން އުޅުނުވަގުތު ރަންވޭމަތިން ކަހާލައިގެންނެވެ.
ގުޅުންހުރި

ނޭޕާލުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން އެގައުމަށް ދަތުރުނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ނޭޕާލްގެ އެންމެ ބޮޑެތި މީޑިއާތައް ހިންގަމުން އަންނަ އިމާރާތުގައި ރޯކޮށްލައިފި

ނޭޕާލްގެ ވަޒީރުންނާއި ސަރުކާރުގެ އޮފިޝަލުން ކަތަމަންޑޫއިން ބޭރުވުމަށް އަސްކަރިއްޔާ އެހީތެރިވާން ފަށައިފި
