
-
މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން ބުނީ, މިދުވަސްވަރު މަސްވެރިންގެ އަތުން ގަންނަ މަހަށް ގިނަވެގެން 2 ހަފްތާތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށް މިފްކޯ އިން ވަނީ މަސް ގަންނަ އަގަށް ބަދަލުގެނެސްފައެވެ. އެގޮތުން 1 ޖުލައި އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދަނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށެވެ. މިއަގު ކޮންމެ ހަފުތާއަކު އާއްމުކޮށް މިފްކޯއިން އިއުލާން ކުރަމުންދެއެވެ.
މި ސަރުކާރުން މިހާތަނަށްވަނީ މަސްވެރިންގެ އަތުން ކިރާފައިވާ 44415 ޓަނުގެ މަހަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. މިފްކޯގެ ހިސާބުތައް ދައްކާގޮތުން މިހާރު މަސްވެރިންނަށް ނުދެވި ހުރީ 319632 ރުފިޔާއެވެ.
ގުޅުންހުރި

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް ހޭނުމަކީ މުހިންމު ކަމެއް - ޝިޔާމް

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!
