logoEN
cocacola
ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން ފުޅާކުރުމަށް މަނަދޫގައި ފުލުހުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން ފުޅާކުރުމަށް މަނަދޫގައި ފުލުހުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

7/23/2024, 5:09:05 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މަނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ގާތުންދިނުން ފުޅާކުރުމަށްޓަކައި އެ ރަށުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ގޮސިޔާ

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްރަށާއި، ފުލުހުން ގާއިމުވެފައި ނެތް ރަށްރަށުގައި ގިނަވަގުތު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދީ، މުޖުތަމައުގައި ކުށްމަދުކުރުމަށް ނ. އަތޮޅުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މަނަދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.

އެގޮތުން، މަނަދޫގައި ރަށުތެރެ ބެލެހެއްޓުމާއި، ބަނދަރު ސަރަހައްދާއި، ފުރާ ދުއްވާ އުޅަނދުފަހަރުން މީހުން އަންނަ ގަޑިތަކުގައި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން މަގުމަތީގެ ޓްރެފިކް ގަވާއިދުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އާންމުންނަށް ބާރުއަޅާފައިވެއެވެ. އަދި އާންމުން ނުކުމެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންގެ އެހީތެރިކަން ދެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން، ރަށުގައި ހިންގަމުންދާ ފިހާރަތަކާއި، އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު އޮޅުންފިލުވައި، ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. އަދި މިހާރު ހިނގަމުންދާ ސްކޭމް މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށް، ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރާނެ ގޮތާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ