logoEN
Sto top
ސިވިލް ސާވިސް ގަވާއިދަށް އާންމުންގެ ހިޔާލު ހޯދަނީ

ސިވިލް ސާވިސް ގަވާއިދަށް އާންމުންގެ ހިޔާލު ހޯދަނީ

އަލްފާ އަލީ

logo

7/23/2024, 6:04:27 AM

# ސިވިލް ސާވިސް ކޮމިޝަން

-

ސިވިލް ސާވިސްގެ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި އާންމުންގެ ހިޔާލު ހޯދަން ސިވިސް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން ހުޅުވާލައިފި އެވެ.

Wamco

ސީއެސްސީން ބުނީ ސިވިލް ސާވިސް މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީޢާއިން އެ ޚިދުމަތްތައް އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކޮމިޝަންގެ އަމާޒެއް ކަމަށެވެ.

މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށް ދިނުމާއި، އިދާރާތައް ހިންގުމަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމާއި އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަޞޭހަ ނިޒާމުތައް ގާއިމު ކުރުމަކީ ކޮމިޝަނުން އަބަދު ވެސް ކުރަމުންދާ މަސައްކަތަކެއް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ސީއެސްސީން ބުނީ އެކޮމިޝަނުން އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކޮމިޝަންގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކުރުމުގައި ޢާންމު ރައްޔިތުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލައިފައިވާއިރު, ހިޔާލުތައް ފޮނުވާނީ މި މެއިލަށެވެ. އަދި ސިވިލް ސާވިސްގެ ގަވާއިދު 2014 އަދި އެ ގަވާއިދަށް ގެނެވިފައިވާ އިޞްލާޙުތައް ކޮމިޝަނުގެ ވެބްސައިޓް ގައި ލިބެން ހުންނާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside