
23 ސްކޫލެއްގައި އޯލެވެލްއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް އޭލެވެލްގެ ފުރުސަތުދެނީ
# އެޑިއުކޭޝަން މިނިސްޓަރ-
ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް އަސް ކިޔަވާ ހުރިހާ ދަރިވަރުންނަށް އޭލެވެލްގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ, މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަކަމަށެވެ. އެހެންކަމުން ރާއްޖޭގެ 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ސްކޫލްގެ ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވާ މައްސަލައަކީ ޔުނިވަރސިޓީ ތަޢުލީމަށް ވަދެވޭ ފެންވަރަށް ދެހާހެއްހާ ދަރިވަރުން އަދިވެސް ފާސްނުކުރެވިގެން މި އުޅެނީ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން. އެހެންކަމުން އަޅުގަނޑުމެން މި އަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭ ލެވެލްއަށް ވަދެވޭނެ ގޮތް ހަދައި ދޭނަން." - ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮތް ގޮތުން ދެ މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ބޭކާރު ޚަރަދަކަށް ވެދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރިނަމަވެސް މިއީ ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުމަށް ކުރާކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވިދާޅުވި އެވެ.
ގުޅުންހުރި

އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަންވެސް އެއްކޮށްލައި މިނިސްޓަރަށް އިސްމާއީލް ޝަފީއު!

އަލިފާނުގެ ހާދިސާގައި ސްކޫލަށް ލިބުނީ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓޭނެ ހެން ކަންކަން އިންތިޒާމް ކުރެވޭނެ - އެޑިއުކޭޝަން

ޖީ.ޕީ.އީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
.webp&w=3840&q=75)



