logoEN
cocacola
އާ ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރުމުގެ މައްސަލަ ކޮމެޓީއަށް!

އާ ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރުމުގެ މައްސަލަ ކޮމެޓީއަށް!

އަލްފާ އަލީ

logo

7/23/2024, 4:51:32 AM

# އެމްއެމްއޭ# ރައްޔިތުންގެ މަޖިލިސް

-

ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެވެ.

މަޖިލީހުގެ ލަފާގެ މަތިން ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކޮށް, އާ ގަވަރުނަރަކަށް އަހުމަދު މުނައްވަރު އައްޔަންކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ އިއްވާފައެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އަޙްމަދު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ