
--
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޯޓަކުން ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް އެގައުމުގެ މުޒާހަރާ ކުރި ބަންގްލަދޭޝްގެ 57 މީހަކު ޖަލަށް ލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ޔޫއޭއީގައި ކުރި މުޒާހަރާތަކުގައި ޔޫއޭއީ ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހަކު އުމުރަށް ޖަލަށް ލުމަށާއި، 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށާއި، 11 އަހަރާ ދެމެދުގެ މުއްދަތަކަށް އެކަކު ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށް އެމިރާތީގެ ރަސްމީ ނޫސް އެޖެންސީ ވާމް އިން ބުނެއެވެ.
އެމީހިން ހައްޔަރުކުރީ ޔޫއޭއީގެ ބައެއް މަގުތަކުގައި "ބަންގްލަދޭޝް ސަރުކާރުން ނިންމި ނިންމުންތަކާ ދެކޮޅަށް" ބޮޑެތި ހިނގާލުންތަކެއް ބޭއްވިކަން ސާބިތުވުމާއި އެކުގައި އެވެ.
ޔޫއޭއީގެ ނޫސްތަކުން ބުނާގޮތުގައި ހައްޔަރުކުރި އެންމަނަކީވެސް މިހާރު ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއިއެކު އެގައުމުގެ ސަރުކާރައި ދެކޮޅަށް މުޒާހަރާކުރި ޔޫއޭއީގައި ތިބި މަސައްކަތްތެރިންތަކެކެވެ.
ޔޫއޭއީގައި ހުއްދަ ނުނަގައި މުޒާހަރާތައް ކުރުމަކީ މަނާ ކަމެކެވެ. އަދި ބޭރުގެ ދައުލަތްތަކަށް އިހާނެތިކޮށް ހިތުމަކީ ނުވަތަ އެ ގައުމުތަކާ ގުޅުން ހީނަރުވުން ވެސް އެ ގައުމުގެ ގާނޫނުލް އުގޫބާތުގައި ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ގުޅުންހުރި

އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް!

ޔޫ.އޭ.އީގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޔޫއޭއީގެ އެންވަޔަރަމެންޓު މިނިސްޓަރާއިއެކު މަޝްވަރާކޮށްފި

.gif&w=3840&q=75)



