logoEN
cocacola
މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

އަހުމަދު ޝުރާއު

logo

7/22/2024, 4:20:33 PM

# ރައްޔިތުންގެ މަޖިލިސް

--

ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ޖަލްސާއެއް ހިނގަމުން ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފި އެވެ.

ގޮސިޔާ

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، މެންދުރު ނަމާދު ވަގުތު ޖެހުމާ އެކު، ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަންގީގެ ވަގުތަށް މަޖިލިސް މެދުކަނޑާލައްވައިފަ އެވެ.

އަދި އޭގެ ކުރިން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް މަޖިލީހުގެ އަޑު ގަދަ ކުރާއިން މެންދުރު ނަމާދު ވަގުތާއި އެކު ބަންގީގެ އަޑު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައި އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޖަލްސާ އަލުން ކުރިޔަށް ގެންދެވީ ބަންގި ނިމުމުންނެވެ.

މިކަމާއި ގުޅޭގޮތުން މަޖިލީހުގެ ބިއުރޯ ޗީފް އަހުމަދު ނިހާން ހުސައިން މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް އޮނަރްބަލް ޢަބްދުއް ރަހީމް ޢަބްދުއްالله މިއަދު ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް ދިޔަ މިއަދުގެ ޖަލްސާ (20ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާ / 22 ޖުލައި 2024 އިން ފެށިގެން މީގެ ފަހަށް ނަމާދުގަޑީގައި ކުރިއަށް ދާ ކޮންމެ ޖަލްސާއަކާއި، އެންމެހާ ކޮމެޓީ މާލަން ތަކުގައި ނަމާދުގަޑީގައި ބަންގީގެ މަތިވެރިކަލިމައިގެ އަޑު އިއްވާ ގޮތަަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

މިއީ މީގެ 80 އަހަރުކުރީން 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ޤާނޫން ހަދާ މަޖިލީހެއް އެކުލަވާލިފަހުން، މަޖިލީސް ކުރިއަށް ދިޔަ ވަގުތެއްގައި އެ މާލަމުގައި ނަމާދުގަޑި ޖެހުނު ކަން އެންގުމަށްޓަަކައި ބަންގީގެ އަޑު އިއްވުނު ފުރަތަމަ ފަހަރުކަން ނިހާން ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ބަންގި ވަގުތަށް ޓީވީގެ ލައިވް ކަނޑާލިޔަސް ޖަލްސާ ކުރިއަށް ގެންދެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ